ލާރާ (ފުރަތަމަ ބައި)
ރެއަކީ
ފިނިރެއެކެވެ. މަޑުފިނި ތެތްކަމެއް މުޅި މާހައުލަށްވަނީ ފެތުރިފައެވެ. އަހަރެން
އެނދުގައި އޮށޯތީ ނިދޭތޯބަލާށެވެ. ނަމަވެސް މިރެއަކު ލޮލަކަށް ނިންޖެއް ނާދެއެވެ.
ތަންމަތި ހަރުކަމުން ގައިގައި ރިއްސާވަރުން ކަމެއްވެސް ނޭނގޭއެވެ. ދެފަރާތަށް
ފުރޮޅި ފުރޮޅި އޮއްވާ ނިދުނީ ކިހާއިރަކު ކަމެއްވެސް ނޭނގޭއެވެ. ހީވާގޮތުން
އަހަންނަށް ނިދުނީ އޭގެ ގަޑިއެއްހާ އިރުފަހުންނެވެ. އެއަށްފަހު އަހަރެންގެ ދެލޯ
ހުޅުވުނީ މުޅިންއާ ދުވަހަކަށެވެ. އިރު ފެނުން ތޮޅިލައިފިއެވެ. އޭގެ އަލިން
މުޅިޖައްވު އަލިކޮށްލައިފިއެވެ. އޭގެ ވާޖިބު އަދާކުރުމަށް ދުނިޔެއަށް ސަލާމް
ކިޔާލިއެވެ. އެއަށްފަހު ރަށުތެރެ ހަލަބޮލިވެގެންދިޔައެވެ. އާދައިގެމަތިން އެމީހަކު
އެމީހެއްގެ މަސައްކަތާއިގެން މަސްޣޫލުވެއްޖެވެ. އިރުއެރީއްސުރެ ކޮންމެދުވަހަކުހެން
އަހަރެނެގެ މަސައްކަތަކީ އަހަރެންގެ ގޭގައި ކައްކައި ކުނިކަހައި ހެދުމެވެ. މަންމަޔާ
ބައްޕަ އަހަރެން ދޫކޮށްފައި ލަންޑަނަށް ދިޔަފަހުން މިވީ ދިހައަހަރު ދުވަހުގެ
ތެރޭގައި އަހަރެންގެ ހާލަކީ މިއީއެވެ. ނިދަންޖެހެނީ ބަދިގެ ތެރޭގައެވެ. އަބަދުވެސް
ކާންލިބެނީ ބަތްކޮޅަކާއި ގަރުދިޔަފޮދެކެވެ.
ވަގުތަކީ އިރު އޭގެ ވާޖިބު އަދާކޮށްފައި އަނދިރި ރޭގަނޑަކަށް ތަންދެމުން ދިޔަ ވަގުތެވެ. އަހަންނަށް ގެއިން ނުކުމެވޭ ގަޑިޔަކީ އެއީއެވެ. އެއީ ކުނިކޮތަޅު ވަޅުލުމަށް ގޮނޑުދޮށަށް ދާވަގުތެވެ. ކޮންމެ ދުވަހަކުވެސް އެވަޅުލުމަސްފަހު އަހަރެން އެތާ ކުޑަވުގުތުކޮޅެއް ވަންދެން މަޑުކޮށްލަމެވެ. އަހަރެންގެ ޝަކުވާތަކުން ފުރިފައިވާ ބަލިކަށި ހިތަށް ފިނިކަމެއް ހޯދުމަށްޓަކައެވެ. އަހަރެންގެ ހަޔާތުގައި ހިނގާދިޔަ އެންމެފޮނި ދުވަސްތައް މަތިން ހަނދާންކޮށްލުމަށްޓަކައެވެ. އަހަރެން އަހަރެންގެ އިނގިލީގައި އޮތް ރިހި އަނގޮޓިއަށް ނަޒަރު ހިންގާލީމެވެ. މީގެ ދިހައަހަރު ކުރީގައި އެއަގޮޓިއޮތީ އަހަރެންގެ މެދު އިނގިލީގައެވެ. ނަމަވެސް މިހާރު އެ އަނގޮޓި އެޅެނީ އަހަރެންގެ ކުޑަވާ އިނގިލީގައެވެ. އެވަގުތު އަހަރެން ހިފަހައްޓަމުން ގެންދިޔަ ކަރުނަތައް މިނިވަންކަމާއިއެކު އޭގެ މަގާމަށް ދޫކޮށްލީމެވެ. އެވަގުތަކީ އަހަރެން އެލެކްސްމަތިން އެންމެ ހަނދާންވާ ވަގުތެވެ.
މަންމަޔާއި ބައްޕަ މަންމަގެ
ޢާއިލާގެ މީހުންގެ ގާތަށް އަހަރެން ދޫކޮށްފަ ދިޔަފަހުން އެދެމީހުން އެއްފަހަރުވެސް
ފަސްއެނބުރި ބަލައެއްނުލިއެވެ. ބަލާ ނައަންނާނެކަން ކުރިން އެނގުނުނަމަ މި
އަދަވަޅުތެރެއަށް އަމިއްލައަށް ވެއްޓުމަށް އެއްބަސް ނުވީމުހެވެ! އެމީހުން އަހަރެން އުޅޭ ހާލުވެސް
ބަލައެއްނުލައެވެ. އަހަރެން ދުނިޔޭގައި ހުރިތޯވެސް ބަލައެއްނުލައެވެ. ކިރިޔާވެސް
އަޅާލުމާއި ހިންހަމަޖެހުމެއް ލިބެނީ މާމަގެ ފަރާތުންނެވެ. އަހަރެންގެ މަންމަޔަކީ
ދިވެއްސަކަށްވިޔަސް އަހަރެންގެ އުމުރުން ސާދަ އަހަރުވަންދެން އުޅުނީ
ލަންޑަނުގައެވެ. އުފަންވީ އެތަނަށެވެ. ބައްޕަގެ ގައުމަށެވެ. މަންމަމެންނާއިއެކު
ރާއްޖެއައީ އަހަރެންގެ ޝަކުވާގެމަތިން މާމަ ދެކިލުމަށެވެ. އަހަރެންގެވެސް
އެދުމާއިއެކު އަހަރެން މާމަކައިރީކައި ދުވަސްކޮޅެއްވަންދެން ބެހެއްޓުމަށްފަހު
ބަލާއާންނާނަމޭ ބުނެފައި މަންމަމެން ބޭރަށް ދިޔަފަހުން ދައްކައެއްވެސް ނުލައެވެ. އެމަންމަޔާއި
ބައްޕަ އަހަރެންދެކެވީ ލޯތްބަށްވުރެ ބޮޑަށް އަހަރެން އެމީހުންނަށް ނަފްރަތު
ކުރަމެވެ.
އަހަރެން ރާއްޖެ
އައިއިރު އަހަންނަކަށް ދިވެހިބަހެއް ނޭނގެއެވެ. އަހަރެންގެ އިސްތަށިގަނޑު
ރަންކުލައިގައި އޮތަސް، އަހަރެން ގައިގައި އިނގިރޭސިންގެ އެހުދު ދޮންކުލަ ހުއްޓަސް
އަހަންނަކީ މިހާރު ދިވެއްސެކެވެ. ކުރިން އަހަރެންގެ ނަމަކީ ލާރާއެވެ. ނަމަވެސް
މިހާރު ކިޔަނީ ދިވެހިވަންތަ ނަމެކެވެ. ލީޝާއެވެ. އަހަރެންގެ އާޢިލާގެ މީހުން
އަހަރެންދެކެ ވަރަށް ފޫހިވާނެވެ. ރުހުމުގެ ލޮލަކުން ބަލައިލުމަކީ އެމީހުންނަށް
ވާނެކަމެއްނޫނެވެ. މިހުރިހާ ކަމެއްގެ ސަބަބަކީ މަންމަޔާއި ބައްޕަ އެމީހުންގެ ނުގަބޫލުގައި ކައިވެނި ކުރުމެވެ.
އެމީހުން ދެކެނީ އެކަމުގެ ނަތީއްޖާއަކީ އަހަރެންކަމަށެވެ.
ނަމަވެސް
އެކުވެރިންނޭއެވެ! މީގައި އަހަރެންގެ ކުށެއް އެބައޮތް ހެއްޔެވެ؟ އަހަރެން އެގޭގައި
އުޅެނީ އެމީހުންނަށް ޚާދިމްކަން ކޮށްދީގެންނެވެ. ދުވަހަކުވެސް އެމީހުންގެ
އެދުމަކަށް ހުރަހެއް ނާޅަމެވެ. ތަޅައި އަނިޔާ ކުރިޔަސް އުފްއެކޭވެސް ނުބުނަމެވެ.
އަހަރެން އުޅެނީ ހިތާމަޔާއި ހިތްދަތިކަމުގައެވެ. އުފަލަކީ އަހަރެން މިހާރު
ދަންނައެއްޗެއް ނޫނެވެ. ފޫހިފިލުވާލަން އެކުވެރިންނަކީ އުޅޭ ބަޔެއްކަމެއްވެސް
އަހަންނަކަށް ނޭނގެއެވެ. ވާނީވެސް އެހެންތާއެވެ! އެންމެންވެސް ހީކުރަނީ
އަހަރެންނަކީ އެގޭގައި ގެންގުޅޭ މަސައްކަތު މީހެއްކަމަށެވެ.
ވަގުތަކީ އިރު އޭގެ ވާޖިބު އަދާކޮށްފައި އަނދިރި ރޭގަނޑަކަށް ތަންދެމުން ދިޔަ ވަގުތެވެ. އަހަންނަށް ގެއިން ނުކުމެވޭ ގަޑިޔަކީ އެއީއެވެ. އެއީ ކުނިކޮތަޅު ވަޅުލުމަށް ގޮނޑުދޮށަށް ދާވަގުތެވެ. ކޮންމެ ދުވަހަކުވެސް އެވަޅުލުމަސްފަހު އަހަރެން އެތާ ކުޑަވުގުތުކޮޅެއް ވަންދެން މަޑުކޮށްލަމެވެ. އަހަރެންގެ ޝަކުވާތަކުން ފުރިފައިވާ ބަލިކަށި ހިތަށް ފިނިކަމެއް ހޯދުމަށްޓަކައެވެ. އަހަރެންގެ ހަޔާތުގައި ހިނގާދިޔަ އެންމެފޮނި ދުވަސްތައް މަތިން ހަނދާންކޮށްލުމަށްޓަކައެވެ. އަހަރެން އަހަރެންގެ އިނގިލީގައި އޮތް ރިހި އަނގޮޓިއަށް ނަޒަރު ހިންގާލީމެވެ. މީގެ ދިހައަހަރު ކުރީގައި އެއަގޮޓިއޮތީ އަހަރެންގެ މެދު އިނގިލީގައެވެ. ނަމަވެސް މިހާރު އެ އަނގޮޓި އެޅެނީ އަހަރެންގެ ކުޑަވާ އިނގިލީގައެވެ. އެވަގުތު އަހަރެން ހިފަހައްޓަމުން ގެންދިޔަ ކަރުނަތައް މިނިވަންކަމާއިއެކު އޭގެ މަގާމަށް ދޫކޮށްލީމެވެ. އެވަގުތަކީ އަހަރެން އެލެކްސްމަތިން އެންމެ ހަނދާންވާ ވަގުތެވެ.
އެލެކްސްއަކީވެސް ރާއްޖެ ކުއްޖެކެވެ. އެކަމަކު އޭނަގެ އެއްވެސް ބަޔަކު
ރާއްޖޭގައި ނޫޅެއެވެ. އޭނަގެ މަންމަޔަކީ ރާއްޖޭ މީހެކެވެ. ނަމަވެސް އެމަންމަ
ބޮޑުވީ ލަންޑަނުގައި އުޅެއެވެ. އެހެންކަމުން އެލެކްސް އުފަންވީވެސް އެތަނަށެވެ.
އަހަރުމެން ދެމީހުން އުމުރުން ތޭރައަހަރުގައި އަހަރުމެންގެ ލޯބީގެ ބިންގާއެޅީމެވެ.
އެލޯބީގެ ރަހަދިނީ އަދި ކިރިޔާއެވެ. އޭރު ލޯބި ނޭނގުނަސް އެކަކުއަނެކަކަށް
ލޯބިވާކަމަށް ނުހަނު ގޮތްގޮތުން ހާމަކުރީމެވެ. އަހަރުމެން ދެމީހުންގެ
އެންގޭޖްމަންޓް އުމުރުން ދިހައަހަރުގައި ވެއްޖެއެވެ. އަހަރެންގެ ހިތަށްއަރައެވެ. ލޯބީގެ ބިންގާ އެހާ ކުރިއްސުރެ އެހާ ފުންކޮށް އެޅިގެން މިހާތަނަށް އައިއިރު އެލެކްސް
އަހަރެންމަތިން ހަނދާންނެތުނީ ބާވައެވެ؟ ކުޑައިރު ވީލޯބި އެއީ ހަމައެކަނި
ހުވަފެނެއްބާވައެވެ؟ ހަމަގައިމުވެސް އަހަރެން އެލެކްސް މަތިން ވަރަށް
ހަނދާންވެއެވެ. ވަރަށް ލޯބިވެއެވެ. އެއީ މިހިތް ދިރިއޮތުމުގެ ނިޝާނެވެ. މިހިތުގެ ހިންހަމަޖެހުމެވެ.
އަބަދު ޚިޔާލުކުރެވެނީ އޭނާ ހުންނާނެ ގޮތަކާއި މެދުއެވެ. އޭނާގެ އެއްވާހަކަ އަހަރެން
މިހާރުވެސް ހަނދާންވެއެވެ. އެއީ އަހަރެން ހީލާއިރު މޫނުން ފާޅުވާ އަޑިކޮޅު
ރީތިވާހަކައެވެ. އެއަޑިކޮޅުގައި އިންނަ ކަޅުތިލައިން އަހަރެންގެ ހިނިތުންވުމަށް
އިތުރު ފުރިހަމަކަމެއް ގެންނަ ވާހަކަ އަބަދުވެސް އޭނާ ދައްކައެވެ. އޭނާ އަބަދުވެސް
އަހަންނަށް ތަޢުރީފުކުރެއެވެ. އެއުމުރުގައިވެސް އޭނާގެ ޚިޔާލުތައް އެހާ
މުއްސަދިކަމާއިމެދު އަހަރެން މިހާރު ހިތަށްއަރައެވެ. އެކަމާއިމެދު ހައިރާންވަމެވެ.
ކޮންމެދުވަހަކު ހެނދުނު އަހަންނަށް ގުޑްމޯނިންގ ވިޝްއާއިއެކު އޭނާ ގެނެސްދޭ ވައިޓް
އެންޑް ރެޑްރޯސްގެ މަތިން އަހަރެން ވަރަށް ހަނދާންވެއެވެ. ދެމީހުންއެކީގައި ކުޅެ މަޖާކޮށްހަދައި
ރައްޓެހި ކުދިންނާއިއެކު ހޭދަކުރި ވަގުތުތަކުގެ މަތިން ހަނދާންވެއެވެ. އަހަރެން ކަމަކާއި
ދެރަވެގެން ރޮންޏާ އޭނަވެސް ރޮއެއެވެ. އެއީ އެންމެ މަޖާކަމެވެ. ވަރަށް ހިތް
ބަލިކަށިވާނެވެ.
އެކަމަކު މިހާރު؟....
އަހަރެން ވަރަށް އެކަނިވެރިއެވެ. އަހަރެންގެ އުނގު ފަޅުފިލުވޭނީ ކޮންދުވަހަކުން
ހެއްޔެވެ؟ އެލެކްސް އަހަރެން ހޯދާނެބާވައެވެ؟ މަންމަޔާއި ބައްޕަ އަހަރެންމަތިން
ހަނދާން ނައްތާލިގޮތަށް އެހިތުން އަހަރެންގެ ހަނދާންތައް ނެރެލީ ބާވައެވެ؟
އަހަރެންގެ އެކަނިވެރިކަމަކީ ސުވާލުތަކުން ފުރިގެންވާ ޝަކުވާތަކެކެވެ. އަހަރެން ބައެއްފަހަރު
އުނޑުމަތީގައި ބަބުޅަމުންދާ ތަރިތަކާއި އެފަދަ ފުރިހަމަކަމެއް ލިބިފައިވާ
ދެވަނައެއްނުވާ ހަނދާއި ސުވާލުކޮށް ހަދަމެވެ. ޖަވާބު ނުލިބުމުން އަހަރެންގެ
މޮޔަކަމާއިމެދު ހިނިވެސް އާދެއެވެ. ނަމަވެސް ހިތުގައިވާ ޝަކުވާތައް ދުލުން
ބޭރުކޮށްލެވުމުން ހިތަށް ފިނިކަމެއް ލިބިއެވެ. އަހަންނަށް އުމުރުދުވަހު އެލެކްސްގެ
އިންތިޒާރުގައި ހުންނަން ޖެހުނަސް ފަރުވާލެއް ނެތެވެ. އިންތިޒާރަކީވެސް ބަޔަކުމީހުން
ކުރާނޭ އެއްޗެކެވެ. ހުވަފެންތައްވެސް ދެކޭ ފަދައިންނެވެ.
އަހަރެން ބައިގަޑިއެއްހާއިރު
މަޑުކޮށްލާފައި އަވަހަށް ގެއަށްދިޔައީ ލަސްވެދާނެހެން ހީވެދާނެތީއެވެ. އެއިރުން ކުރިމަތިލާންޖެހިދާނެ
ވޭނެއްގެ ކޮޅެއްވެސް ނޭގޭނެވެ. އަހަރެން ގެއަށް ވަނުމާއިއެކު ނަޒަރު
ހުއްޓުނީ ............................... (ނުނިމޭ)
Hai everyone! This is my first publishing story. Please give a comment after reading. Hope you will like the story. I'll try to upload the next part as soon as possible.
ReplyDeletenice.. waiting to see the next part zo..plx upload soon ...
ReplyDelete